ޚަބަރު

ޑރ. ޝަހީމްގެ ޤުރްއާން ކިޔެވުމުގެ ޗެލެންޖުގައި"ތުއްތު ޝަހީމް" ވެސް ބައިވެރިވެއްޖެ!

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީސްމީޑިއާގައި ފަށާފައިވާ "ކީރިތި ޤުރްއާން ކިޔެވުމުގެ" ޗެލެންޖުގައި އެމަނިކުފާނުގެ ތުއްތު ދަރިކަލުން އިލްޔަސާއު މުޙައްމަދު ޝަހީމް ވެސް ބައިވެރިވެއްޖެއެވެ.

އުމުރުން އެންމެ އަށް އަހަރުގެ އިލްޔަސާއު ގެ ކިޔެވުމަށް ވަރަށް ގިނަ ބަޔަކު ތަޢުރީފު ކޮށްފައިވެއެވެ.

ޑރ. ޝަހީމް އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ދަރިފުޅު އިލްޔަސާއު ގެ ކިޔެވުމުގެ ވީޑިއޯ ހިއްސާ ކޮށްފައިވާއިރު، އެވީޑިއޯ މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމަކީ އަދި ކިޔަވާ އަޑު އެހުމަކީ ކޮންމެ މީހެއްގެ ވެސް ހިތަށް ފިނިކަން ގެނެސްދޭ ކަމެކެވެ.

ޑރ. ޝަހީމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މިހަރަކާތުގައި ކުދި ބޮޑު ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް ވެސް ބައިވެރިވެފައިވާ މި ޕްރޮގްރާމަށް ގިނަ ބަޔަކު ވަނީ ހެޔޮ ބަސްތައް ރައްދުކޮށްފައެވެ.

My Son Ilyasau Mohamed Shaheem ( 8 years old).
International islamic School Malaysia
اللهم احفظه

Posted by Mohamed Shaheem Ali Saeed on Thursday, April 2, 2020

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!