މުނިފޫހިފިލުވުން

ކައިލީ އަދި ކިމް އަށް ސޯޝަލް ޑިސްޓެންސް އަކީ ކޮބައިކަމެއް ނޭނގުނު!

ލޮސް އެންޖަލްސް ލޮކްޑައުން ކޮށްފައިވަނިކޮށް ދައްތަ ކައިލީ ޖެނަރ އާއި ބައްދަލުކުރި ކަމަށް ކިމް ކާޑޭޝިއަން ބުނެފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލޮސް އެންޖަލްސްގައި ދިރިއުޅެމުންދާ މީހުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ދިޔުމަކީ މަނާ ކޮށްފައި ވަނިކޮށް ކިމް ކާޑޭޝަން ބޭރަށް ދިޔަކަމަށް އެއްބަަސްވަމުން އޭނާ ބުނީ މިދިޔަ އަންގާރަ ދުވަހު ފިރިމީހާ ކަންޔޭ ވެސްޓްއާއި އެކު އުޅެމުން ދިޔަ ގެއިން ނިކުމެގެން މަންމަ ކްރިސް ޖެނަރ އަދި ދައްތަ ކައިލީ އުޅެމުން ދިޔަ ގެޔަށް ދިޔަ ކަމަށެވެ.

ކިމް ބުނީ އޭނާ އެގެޔަށް ދިޔައީ އެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ކިމްގެ ގްލެން ސްކުއަޑް އަށް އޭނާ މޭކަޕް ކޮށްދޭން ނާދެވުމުން ދައްތަ ކައިލީ ލައްވާ މޭކަޕް ކުރަން ކަމަށެވެ. ކިމް ތައްޔާރުވަމުން ދިޔައީ ޖިމީ ފެލަންގެ އެޓް ހޯމް އެޑިޝަން ޝޯ އަށެވެ.

އެ ޝޯގައި ބައިވެރިވަމުން ކިމް ބުނީ އޭނާގެ މޭކަޕް އާޓިސްޓުންނަށް ނާދެވުމުން ކައިލީ އޭނާގެ މޭކަޕް އަދި ހެޔަރ ހަދައިދިން ކަމަށެވެ. ކިމް އިތުރަށް ބުނީ، މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަހުގެ ސަބަބުން އާއިލާއާއި ދިމާވީ ވަރަށް ދުވަސް ކޮށްފައި ކަމަަށެވެ.

ލޮސް އެންޖަލްސްގައި މިދިޔަ ބުދަ ދުވަހު އެކަނިވެސް 500 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެ ގައުމުން ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ 3518 އަށް އަރައިފިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!