މާދަމައިން ފެށިގެން 13 ތަނަކުން މަސްދަޅު ބަހަނީ

ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމުގައި އާންމުން އިޖާބަ ދިން މިންވަަރަށް ބަލައި، ގަލޮޅު ދަނޑާއި ސޯޝަލް ސެންޓަރާ އަދި ހުޅުމާލޭގެ އިތުރު ދެ ތަނެއް ހިމެނޭހެން ޖުމްލަ 13 ތަނަކުން މަސް ކޭސް ބެހުމަށް ނިންމާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ކުރިން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގައި މަސްދަޅު ބަހަން ފަށާ ގޮޮތަށެވެ. މަސް ދަޅު ބަހާ ގޮތަށް އޮތީ މާލެ ސިޓީ ކައުންސިލުންނެވެ. އެކަމަކު އެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާ ގޮތަށް ފަހުން ވަނީ ނިންމާފަ އެވެ.
މާލެ ސަރަހައްދުން މަސްދަޅު ބެހުމަށް ހަމަޖެެއްސި ސަރަހައްދުތައް:
- މިފްކޯ އޮފީސް ކޮމްޕައުންޑް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވެމްކޯ ސައިޓް (ވިލިމާލެ)
- އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް 1)
- ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް 1)
- 20 ފެބްރުއަރީ - 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ - ބަންދު
- 22 ފެބްރުއަރީ - 10:00 އިން 16:00 އަށް އަދި 20:30 އިން 23:00 އަށް
- 23 ފެބްރުއަރީން 27 ފެބްރުއަރީއަށް - 14:30 އިން 18:00 އަށް އަދި 20:30 އިން 23:00 އަށް
- މިފްކޯ އޮފީސް ކޮމްޕައުންޑް: 3،666 ކޭސް
- ހެންވޭރު އެމްޓީސީސީ ސޯމިލް: 2،083 ކޭސް
- ވެމްކޯ ސައިޓް (ވިލިމާލެ): 582 ކޭސް
- އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް 1): 1،508 ކޭސް
- ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް 1): 1،555 ކޭސް






ކޮމެންޓް