ޚަބަރު

"މުއްދަތު ހަމަވުމުން ކައުންސިލާ ހަވާލުވާނީ ޒިންމާދާރުވެރިޔާ ނުވަތަ ރައީސް ކަނޑައަޅުއްވާ ކައުންސިލަރެއް"

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލްތަކުގެ މުއްދަތު ހަމަވުމުން ކައުންސިލާ ހަވާލުވާން ޖެހޭނީ ޒިންމާދާރުވެރިޔާ ނުވަތަ ރައީސް ކަނޑައަޅުއްވާ ކައުންސިލަރެއް ކަމަށް ކުރީގެ މަޖިލީހުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން ހޮވަންޖެހޭ އެއްވެސް މަގާމަކަށް މީހަކު އިންތިޚާބު ކުރުމުގެ ބާރު މަޖިލީހަށް ދިނުން، އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ކަމަށެވެ.

"އެއް ކެންޑިޑޭޓަކު 30 އަހަރު ވަންދެން ވެރިކަމަށް ނެރެން މަޖިލީހުން ނިންމީ ވެސް މެޖޯރިޓީ އޮތުމުން" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ އިންތިހާބެއް ފަސް ކުރުމަކީ މަގާމެއްގެ މުއްދަތު އިތުރުކުރެވޭނެ ކަމެއް ނޫން ކަމަށާއި ކައުންސިލްތަކަކީ އިދާރީ އިންތިޒާމުތަކެއް ކަމަށެވެ.

"ދައުލަތް ހިންގުމުގެ ބާރު ގާނޫނޫ އަސާސީއިން ރައީސް އަށް އޮންނައިރު، ޒިންމާދާރު ވެރިޔާ ނުވަތަ ރައީސް އައްޔަނު ކުރައްވާ މީހަކަށް ކައުންސިލްތައް ހިންގޭނެ އިންތިހާބު ބޭއްވެންދެން" މޫސަ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!