ޚަބަރު

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓުވި 3 މީހަކު ދެ ފަހަރަށް ނައްސިވުމުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރިފަހުން ކޮވިޑް-19އަށް ފައްސިވި ފުޓްބޯޅަ ކުޅުންތެރިޔާ މެރޮއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ތިން މީހަކު ދެ ފަހަރަށް ކޮވިޑް-19އަށް ޓެސްޓު ކުރުމުން ވެސް ނައްސިވުމާ ގުޅިގެން ދޫކޮށްލައިފިއެވެ.

Ads by MWSC

ފެލައިނީ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ. އަދި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައިއެވެ. އަދި އޭނާ ރާއްޖެ ފުރައިގެން ގޮސްފައިވަނީ މި މަހުގެ 12 ގައި ކަމަށާއި ބައްޔަށް އޭނާ ފައްސިވިކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓުވި ތިން ތިބީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ކަމަށާއި އެ މީހުން ދޫކޮށްލީ ދެ ފަހަރަށް ވެސް ޓެސްޓުކުރުމުން ބައްޔަށް ނައްސިވުމުން ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ...

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!