އެޑްވަޓޯރިއަލް ވިޔަފާރި

އެލައިޑް ފެސްޓުގެ ފެށުން މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްފި

. ، ދެން އޮންލައިން
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި ބޭއްވި އާއިލީ ހަވީރު "އެލައިޑް ފެސްޓް" ގެ ތެރެއިން / ފޮޓޯ:އެލައިޑް

އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވަމުންދާ އާއިލީ ހަވީރު "އެލައިޑް ފެސްޓް" އަތޮޅުތެރެއަށް ފުޅާކޮށް، އިއްޔެ ކުޅުދުއްފުށި ސިޓީގައި އެ ހަރަކާތް ކުރިޔަށް ގެންގޮސްފި އެވެ.

Ads by STELCO

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަވީރު އިންތިޒާމް ކޮށްފައި ވަނީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކުޅުދުއްފުށި މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.

އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާ އެކު ކުރިޔަށް ގެންދިޔަ އެ ހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ ބައިވެރިވެފަ އެވެ. އަތޮޅުތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދިން ތަރުހީބު ފާހަގަކޮށް، އެލައިޑުން ވަނީ ހަރަކާތް އެހާ ފުރިހަމަ ގޮތެއްގައި އިންތިޒާމް ކުރުމަށް އަތުގުޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އެލައިޑުން މައުލޫމާތު ދޭ ގޮތުގައި އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދީފައިވާ ކަމުގަ އެވެ.

އޭގެ ތެރޭގައި މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ އޮފާ އާ ބެހޭ މައުލޫމާތު ހިމެނެ އެވެ. އަދި މި މަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއް ކަމުގައިވާ "ކަމަނަ" ގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނުގެ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

Ads by Allied Insurance