މުނިފޫހިފިލުވުން

ކަރަންޓީނާ ހިލާފުވުމުން ކަނީކާއާ ފުލުހުން ސުވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ލަންޑަންގައި ހޭދަކުރި ޗުއްޓީން އެނބުރި އައުމަށްފަހު އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް ދަނީ ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުންނެވެ.

Ads by Hajj Corporation

ނުރައްކާތެރި ކޯވިޑް19 އެންމެ ގަދަޔަށް ފެތުރުނު ލަންޑަންގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަަށް ދިއުމަަށްފަހު، ކަނިކާގެ ގައިން ކޯވިޑް19 ގެ އަލާމާތްތަކެއް ފެނުމުން އޭނާ ވަނީ ޓެސްޓް ކޮށްފައެވެ. އަދި އޭނާގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ.

އޭގެ ފަހުން އަައި މުއްދަތުގައި ކަނީކާ ވަނީ ޖުމްލަ ފަސް ފަހަރުކޯވިޑް 19ގެ ޓެސްޓް ހަދާފައެވެ. އެ ހުރިހާ ފަހަރަކު ވެސް އޭނާ ބައްޔަށް ޕޮސިޓިވްވި ނަމަވެސް އިއްޔެ ކުރި ޓެސްޓުން އޭނާ ވަނީ ބައްޔަށް ނެގެޓިވްވެފައެވެ. ނަމަވެސް ކަނީކާ މިވަގުތު ހުރީ 14 ދުވަހުގެ ކަރަންޓީނެއްގައެވެ.

ބޮލީވުޑްގެ ބައެއް ޚަބަރުތައް ރިޕޯޓް ކޮށްފައިވާގޮތުގައި، ބަލި ޖެހިފައިވާކަން އެނގިހުރެ، ފަރުވާ ކުޑަކުރުމުން، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހްގީގު ، އޭނާގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ކުރިއަށް ދާނެއެވެ.

ކަނީކާއާއި ދެކޮޅަށް ހުށަހަޅާފައިވަނީ ފަރުވާކުޑަކޮށް އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލި މައްސަލަ އެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!