ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ތިނަދޫ ސިޓީގައި މިދިޔަ އޭޕްރީލް މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިއަދު މަރުވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 31 އަހަރުގެ ދިވެހި އަންހެނަކަށެވެ. އަދި ހަމަ އެ ދުވަހުގެ ރޭ އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް ދިޔައީ ފަރުވާ ދެމުން ނެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ އަންހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެފައިވާ ކަމަށެވެ.
އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، އިންފެކްޝަން އުފެދިގެން އިތުރަށް މިދިޔަ މޭ މަހު ހާލު ގޯސްވެސްވި އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ
