Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ސްޕެއިންގައި ކޯވިޑް 19 އަށް ފައްސިވާ ކޮންމެ 10 މީހަކުން އެކަކު މަރުވޭ

މިހާރު ހަލުވިކަމާއިއެކު ފެތުދެމުންދާ ކޯވިޑް 19 ވައިރަސް ސްޕެއިންގައި ޖެހޭ ކޮންމެ 10 މީހަކުން އެކަކު މަރުވާ ކަމަށް ބައެއް ރިޕޯޓްތަކުން ދައްކައިފިއެވެ.

ސްޕެއިންގައި މިހާތަނަށް ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު 152446 އަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 15238 އަށް އަރާފައެވެ.

ސްޕެއިންގެ ބޮޑު ވަޒީރު ފެޑްރޯ ސަންޗޭޒް މިއަދު ވިދާޅުވީ، ސްޕެއިންގައި ކޯވިޑް 19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދާ ކަމަށެވެ. މީގެ އިތުރުން ބޮޑު ވަޒީރު ވަނީ އެގައުމަށް ދިމާވެފައިވާ އެ ނާޒުކު ފައްތަރުން އަރައިގަތުމަށް އިިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ދެކޮޅުވެރިކަން ދޫކޮށްލާ އެހީތެރިވުމަށަ ގޮވާލައްވާފައެވެ.

Advertisement
Ooredoo — Truecaller (box)

ބޮޑުވަޒީރު ޕެޑްރޯ ވިދާޅުވީ، ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނަން އުޅޭ ކަމަށާއި، ސަރުކާރުގެ އިދާރާތަކުން ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

މިހާރު އެންމެ ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުން ދަނީ އިޓަލީގައެވެ. ދެވަނަ އެންމެ ހާލަތު ގޯހީ އެމެރިކާގައެވެ. ކޯވިޑް ްް19 ޖެހުނު މީހުންގެ އަދަދު ދޮޅު މިލިއަނަކަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ލައްކައަކާއި ހަމަވުމަށް ގާތްކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް