މުނިފޫހިފިލުވުން

ގޭގައި ތިބެގެން ކިޔާނެ 5 ވާހަކަ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ސްކޫލުތައް ބަންދު ވެގެން ގޭގައި ތިބެން ޖެހުމުން އެންމެ ބޮޑު ބަދަލެއް އައީ ކުޑަކުދިންގެ ދިރިއުޅުމަށެވެ. ކުރީގައި ގިނަ ވަގުތު ސުކޫލުގައި ހޭދަ ކުރި ނަމަވެސް މުޅި ދުވަސް އެއްކޮށް ގޭގައި ހޭދަ ކުރަން ޖެހި ގިނަ ކުދިން ތިބީ ވަރަށް ފޫހިވެފައެވެ. ނުވަތަ މާ ބޮޑަށް ކުޅިވަރުގެ ތެރެއަށް ވަދެ ހުސްވެފައެވެ.

Ads by Sosun Fihaara

ގޭގައި ތިބޭ ވަގުތުތަކުގައި ކުޅިވަރުތަކުން ކުދިން ދުރުކޮށްލާ ފައިދާހުރި ކަމެއްގައި ބައިވެރިކޮށްލަން ބޭނުން ނަމަ ޝަހުދީ ގެ ' މަވެށި ' ވާހަކަ ސީރީޒްއަކީ ކުދިންނަށް ކިޔައިދޭން އެންމެ ރަނގަޅު ފޮތްތަކެވެ. 5 ފޮތުގެ މައްޗަށް އެކުލެވޭ މި ވާހަކަ ވާހަކަތަކަކީ ގިނަ ކުރެހުންތަކަކާއެކު ކުޑަކުދިންނަށް ކަމުދާނެ ގޮތަށް ފަރުމާކޮށްފައިވާ ފެންވަރު ވާހަކަ ފޮތްތަކެކެވެ.

އޭނާގެ ދަރިންނަށް ނިދާ ވަގުތު ކިޔައިދިން ވާހަކަތަކުން އެ މެސެޖްތައް އެހެން ކުދިންނަށް ވެސް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ޝަހުދީ ނެރުނު ވާހަކަތަކަކީ އެހެން ކުޑަކުދިންގެ ވާހަކަ ތަކާއި ހިލާފަށް އިބްރަތްތެރި މެސެޖެއް ދިނުމުގެ އިތުރުން ކުދިންނަށް އާ ބަސްތަކާއި އާ ޖަނަވާރާއި މަސްމަހާމެހިތައް އެނގޭނެ ގޮތަށް އިސްކަންދީގެން އުފައްދާފައިވާ ވާހަކަތަކެކެވެ. އަދި، ކޮންމެ ވާހަކައަކުން ވެސް ތިމާވެއްޓަކީ ކިހާ މުހިންމު އެއްޗެއްކަން ޝަހުދީ ބުނެފައިވެއެވެ.

މި ފަސް ފޮތް، "އެެކުވެރި ތިން މިޔަރު" އާއި "ބުއްދިވެރި ފިނދަނަ" އާއި "ނަސީބުވެރި ކޮވެލި" އާއި "ކިބުރުވެރި ބުޅާ" އަދި "ކޮކާލުގެ ހުވަފެން" ތެރެއިންވެސް ހާއްސަ ފޮތެއް އެބަ އޮތެވެ. އެއީ "އެކުވެރި ތިން މިޔަރު" ވާހަކަ އެވެ. އެއީ ޝަހުދީގެ ދެބެންނަށް އެންމެ ކަމުދިޔަ ވާހަކަ އެވެ. ކޮންމެ ރެއެއްގެ ވެސް އެންމެ އަޑު އަހާ ހިތުން އަހާ ވާހަކަ އެވެ.

މި ވާހަކަތައް މާލޭގެ، އަސްރަފީ އާއި ރައުންޑްވަން އަދި ރާދަ ބުކްޝޮޕް އިން ލިބޭނެ އެވެ. ފިހާރަ އަށް ގޮސް ފޮތް ގަތުމުގެ ބަދަލުގައި ވާހަކަ.ކޮމް ގެ ޕޭޖާއި ވެބްސައިޓް އަށް މެސެޖު ކުރުމުން ގޭގެއަށް ގޮސް ޑެލިވާވެސް ކޮށްދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!