ފ.ބިލެތްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ބިލެއްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށީ، ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބިލެތްދުއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އެގޮތުން ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީލިމެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު އަސްލަމާއި، ބިލެތްދޫ ކައުންސިލުގެ ރައީސް އަރީހް އިސްމާޢީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބިލެތްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަޝްރޫއުއަކީ، އެ ރަށު ސިއްހީ މަރުކަޒުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ފެށި މަޝްރޫއުއެކެވެ.
ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ނިންމައި، އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވުމުން، އެ ރަށުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ޑރ. މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވ.އަތޮޅަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވަނީ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ރަސްމީކޮށް އިފުތިތާހު ކުރައްވައިފައެވެ.
