މުނިފޫހިފިލުވުން

ސަލްމާނު އޭނާގެ އަހަށް ކާންދިންގޮތަށް އެންމެންގެ ސަމާލުކަން

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަލްމާން ހާން އަކީ އޭނާގެ ހިތްހެޔޮކަމާއި އެކުވެރިކަމުގެ ސަބަބުން އެތައް ބައެއްގެ ހިތުގައި ރަސްކަން ކުރަމުން އަންނަ ތަރިއެކެވެ. އިންޑިއާ ނޫން އެތައް ގައުމެއްގައި ވެސް ސަލްމާނުގެ އެތައް ލައްކަ ސަޕޯޓަރުން އެބަ ތިއްބެވެ.

Ads by MWSC

ދާދިފަހުން ސަލްމާން އޭނާގެ އަހަށް ކާންދިން ގޮތަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަލްމާން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާ ކުރި ވީޑިއޯ އަކުން ފެނިގެންދަނީ ސަލްމާންގެ އަހަށް ކާންދެމުން އެ ފަތްކޯޅިން އޭނާ ވެސް ކާ މަންޒަރެވެ. ސަލްމާނުގެ އަހަށް އެ ފަތްކޯޅީގެ އެއްބައި ކާން ދެމުން އޭނާ ވަނީ އޭގެ އަނެއްބައި ކައިފައެވެ.

ސަލްމާން އެ ވީޑިއޯ ހިއްސާ ކުރަމުން ދޫކޮށްލި މެސެޖަށް ވެސް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަލްމާނުގެ މެސެޖުގައި ވަނީ އޭނާގެ ލޯބިވެރިޔާއާއިއެކު ހެނދުނުގެ ނާސްތާ ކުރަނީ ކަމަށެވެ.

އެތައް ބަޔަކު ދަނީ މީސްމީޑިއާގައި ސަލްމާނުގެ އެ ވީޑިއޯއަށް ތައުރީފް ކުރަމުންނެވެ. އެގޮތުން ސަލްމާނަށް އެންމެން "ބައިޖާން" ގެ ނަމުން މުހާތަބު ކުރަނީ އޭނާގެ އެ ހިތްހެޔޮ މިޒާޖުގެ ސަބަބުން ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!