ޚަބަރު ސަރުކާރު

މުސްލިމުންގެ ސަގާފަތާ ހިލާފުކަންކަމާ ދުރުވާން ރައީސް އިލްތިމާސް ކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މުސްލިމުންގެ ސަގާފަތާ ހިލާފުކަންކަމާ ދުރުވާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

Ads by STELCO

ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ.

އެހެންވެ މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންވެ ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުން ވެސް އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

"ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ޒައާމަތުގައި ދަނީ އިސްލާމީ ކަންކަމަށް އިސްކަން ހަރާމް ކަންކަން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ވެސް ވަނީ ހަދައިފައެވެ.

ރައީސް މުއިއްޒުގެ ޒައާމަތުގައި ގުުރުއާން ހިތުދަސްކުރާ ޙާފިޒުންނަށާއި ޤުރުއާނުގެ ޢިލްމަށް ވެސް ދަނީ ވަރަށް ބޮޑަށް އިސްކަން ދެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!