މުނިފޫހިފިލުވުން

ކަރީނާގެ ކައިވެނީގެ ހެނދުމުގެ އަގު އެނގޭތަ؟

ދެން އެމްވީ

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ކައިވެނީގެ ވާހަކަތަކަކީ ދުވަހަކު ދައްކާ ހުސްނުވާނެ ވާހަކަތަކެވެ. އެތައް ބައެއްގެ ހިތުގައި ރަނިކަން ކުރާ ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު އޭނާގެ ކައިވެނީގައި ލީ ހެނދުމުގެ އަގު އެނގޭ ހެއްޔެވެ؟

ބޮލީވިޑްގެ ކުޅަދާނަ ބަތަލް ސައިފް އަލީ ހާން އާއި ކައިވެނި ކުރި ދުވަހު ކަރީނާ ލީ ލެހެންގާ ޑިޒައިން ކުރީ މަޝްހޫރު ޑިޒައިނަރ މަނީޝް މަލްހޯތްރާއެވެ. ކަރީނާގެ ލެހެންގާގެ އަގަކީ 50 ލައްކަ އިންޑިއަން ރުޕީސްއެވެ.

ކަރީނާގެ ކައިވެނީގެ ހެނދުމުގެ އަގު ބަލާފައި، ގިނަ މީހުންގެ އަނގައިން ސޮނި ވެއްޓިގެން ދާނެއެވެ. އެހެންނަމަވެސް ކަރީނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ދުވަހު އެހާ ބޮޑު ހަރަދެއް ކުރުމަކީ އޭނާއަށް އެހާ ބޮޑު ކަމެއް ނޫނެވެ.

ކަރީނާ އަދި ސައިފްގެ ކައިވެންޏަކީ އެދެމީހުންގެ ސަޕޯޓަރުންނަށް ހުވަފެނީ ކައިވެންޏެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!