Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ހައިކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ދީބާނާޒް އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ދީބާނާޒް އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފިއެވެ.

އެ ދެ ބޭފުޅުންނަކީ މ.ގުލްޝަން, އަލްއުސްތާޒާ ދީބާނާޒް ފަހުމީއާއި, ފ.ބިލެތްދޫ/މޯނިންގވިލާ އަލްއުސްތާޒް މުޙައްމަދު ސަލީމެވެ.

ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި, އެ ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުޢޫދެވެ.

Advertisement
Allied — Dhen Online (box)

ޝަރުޢީ ދާއިރާގައި 17 އަހަރު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ދީބާނާޒް މިހާރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައެވެ. މި ވަގުތު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވަނީ އޭނާއެވެ.

ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި 12 އަހަރު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ހައިކޯޓަށް ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވީ, އެ ކޯޓުގެ ފަނޑިޔާރުންގެ މަޤާމުގައި ތިއްބެވި ޢަބްދުއްރަޢޫފް އިބްރާހިމް އިސްތިއުފާ ދެއްވުމުންނާއި, ޢަބްދުﷲ ޙަމީދު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް