ހުކުރު ދުވަހު ދަތުރު ދިއުމުގެ ޙުކުމަކީ ކޮބާ؟

ސުވާލު: ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރު ދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސް ވަގުތު ނުލިބޭ ކަމެވެ.
ޖަވާބު:
الحمد لله
“އެބައިމީހުންގެ ދަތުރުގައި ހުކުރު ނަމާދުކުރެވޭނެ ގޮތް ފަހިވެފައި އެބައިމީހުން ހުކުރު ނަމާދަށް ޙާޟިރުވެ އެނަމާދު އަދާކޮށްފިނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އެދަތުރުގެ ސަބަބުން ހުކުރު ނަމާދުގެ ފަރުޟު ގެއްލިގެންދާނަމަ އެބައިމީހުންނަށް އެ ދަތުރު ހުއްދަވެގެން ނުވެއެވެ. އެއީ އެދަތުރުގެ ސަބަބުން ފަރުޟު ނަމާދެއް ގެއްލިގެންދާތީއެވެ.”
اللجنة الدائمة للبحوث العلمية والإفتاء .
“فتاوى إسلامية” (1/417) .
والله أعلم .
މިއީ އިސްލާމްކިއުއޭ ގައިވާ މި ފަތުވާ އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
މަސްދަރު: ދި ސަލަފިއްޔާ