ސަރުކާރު

މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ދަށްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރޭ ބޭއްވި މަސްވެރިންގެ ރަސްމީނ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އަދި ފިޝާރީސް މިނިސްޓަރު އަހުމަދު ޝިޔާމް --

މިފްކޯއަށް މަސްކިރާ ފަރާތްތަކަށް، އެ ކުންފުނިން ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ދަށްކޮށްފިއެވެ.

Ads by STELCO

އެކަން އިއުލާނު ކުރެއްވީ ރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް ވިދާޅުވޯ، މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.90 ރުފިޔާއަށް ކަމަށާއި އާންމު ފަރާތްތަކަށް އެ ކުންފުނިން ތެޔޮ ވިއްކާނީ 14.43 ރުފިޔާއަށް ކަމަށެވެ.

އެހެންކަމުން، މި ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގުހެޔޮވެގެންދާނެ ކަމަށާއި 3 ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށް 71 ލާރި، ތެލުން އަގުހެޔޮވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެސް ކޮންމެ ވެސް އެއް ރަށަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށައިފައެވެ. އެންމެ ފުރަތަމަ އެފަދަ ޝެޑެއް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައި ވަނީ ދުވާފަރުގައެވެ. ރައީސް ރޭ ވިދާޅުވީ އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އެ ވައުދު ފުއްދައިދެއްވާނެ ކަމަށެވެ.

Ads by HDC