Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ވީއައިއޭގައި ޖާސޫސް ކުރަން އުޅުނު އިންޑިއާ ދެ މީހުންގެ ބަންދަށް 10 ދުވަސް

ވީއައިއޭގައި ޖާސޫސް ކުރަން އުޅުނު އިންޑިއާ ދެ މީހުންގެ ބަންދަށް 10 ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި
ޖާސޫސް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން އިއްޔެ ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް ނުދެެއެވެ.

އެ ދެ މީހުންނަކީ އިންޑިއާ ދެ މީހުންނެވެ. އެ މީހުން ޖާސޫސްކުރަން އުޅުނުކަމަށް ތުހުމަތު ކުރެވުނީ އޭވިއޭޝަން ސެކިއުރިޓީން އެ މީހުން ބަލައި ފާސްކުރުމުގެތެރޭ ފާހަގަކުރެވުނު ކަންކަމާ ގުޅިގެންނެވެ.

Advertisement
Allied Insurance — Square (box)

އެ ދެ މީހުންގެ އަތުން ޖާސޫސް ކުރަން ބޭނުންކުރެވިދާނެފަދަ ސްޕައި ކެމެރާ ފެނިފައިވެއެވެ. އަދި އެ ދެ މީހުން ފުލުހަށް ގެންގޮސް ސުވާލުކުރުމުން އެ ދެ މީހުންގެ ޢާއިލާއާ ބެހޭ ގޮތުން ދިން ބައެއް މަޢުލޫމާތު ފުށޫއަރާކަން ވަނީ ފާހަގަކުރެވިފައެވެ.

އެ ދެ މީހުންނާއެކު އިތުރު ބަޔަކު ވެސް ޝާމިލްވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުގެ ކުރިން އެ މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރިއެވެ. އެ ގޮތުން ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް