މުނިފޫހިފިލުވުން

ކޯވިޑް19: ލޮކްޑައުންގައި ސަނީ ލިއޯނު ނަށަނީ ވަރަށް ތަފާތުކޮށް

ދެން އެމްވީ ، ދެން އޮންލައިން

ހަލުކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަހުގެ ސަބަބުން އިންޑިއާ 21 ދުވަހަށް ލޮކްޑައުން ގުޅުމާއި ގުޅިގެން ސަޕޯޓަރުން ފޫހިފިލުވައިދިނުމަށް ބޮލީވުޑްގެ ބައެއް ތަރިން ދަނީ ވަރަށް ތަފާތު ކަންކަން ކުރަމުންނެވެ.

Ads by STELCO

އެގޮތުން "ރާގިނީ އެމްއެމްއެސް" އިން ގިނަ ބައެއްގެ ސަޕޯޓާއި ލޯބި ހާސިލު ކުރި ސަނީ ލިއޯން މިވަނީ ދާދިފަހުން އޭނާގެ ސިގްނޭޗަރ ޑާންސް ސްޓެޕް ތައް އޭނާގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ. އެގޮތުންސަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ވީޑިއޯއަކުން ފެންނަނީ، ސަނީ އޭނާގެ ހުރިހާ ސިގްނޭޗަރ ޑާންސް ސްޓެޕްތައް ދައްކަމުން އެ ސްޓެޕްތައް ކިޔައިދޭ މަންޒަރެވެ.

އެގޮތުން އެ ވީޑިއޯ ހިއްސާ ކުރަމުން ސަނީ ލިޔެފައިވަނީ، މިހިރީ އޭނާގެ ސިގްނޭޗަރ ޑާންސް ސްޓެޕްތައް ކަމަށާއި، އޭނާގެ ސަޕޯޓަރުންނަށް އެކަން ކުރެވޭނެތޯއެވެ. ފާހަގަކޮށްލަން ޖެހެނީ ސަނީގެ ނެށުމުގައި ބޮޑަށް ހިމެނެނީ އިންޑިއަން ޑާންސް ސްޓެޕް ތަކެކެވެ.

ސަނީ ލިއޯން ބޮލީވުޑްގައި ދަންނަ މޫނަކަށް ވެގެން ދިޔައީ އޭނާގެ ބޭބީ ޑޯލް ލަވައިންނެވެ. އެލަވަ ވެގެން ގޮސްފައިވަނީ އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވައަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!