ލައިފްސްޓައިލް

ގިނަ އަންހެނުން ފިރިހެން ސެންޓު ބޭނުންކުރަނީ ކީއްވެ؟

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

މީރު ވަހަކީ ކޮންމެ މީހަކު ވެސް ލޯބިކުރާ އެއްޗެކެވެ. އެހެންކަމުން މީރުވަސް ދުވާ ސެންޓަކީ ކޮންމެ މީހެއްގެ ވެސް ހަޔާތުގެ ބައެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. ނަމަވެސް އަންހެންވަންތަ ވަސް އަންހެނުން އަދި ފިރިހެންވަންތަ ވަސްދުވާ ސެންޓު ފިރިހެނުން ބޭނުންކުރާ ޒަމާން މިހާރު މާޒީވެއްޖެއެވެ.

Ads by STELCO

ގިނަ ފިރިހެނުންނަށް ، އަންހެނުންގެ ހާއްސަ ސެންޓު ކަމުނުދިޔަސް، އަންހެނުންނަށް ފިރިހެންވަންތަ ސެންޓު ވަރަށް ކަމުދެއެވެ. އަދި ބޭނުން ވެސް ކުރެއެވެ.

ތަޖުރިބާކާރުން ބުނަނީ ފިރިހެނުންގެ ސެންޓަކީ ހިތްވަރާއި ކެރުންތެރިކަން އިތުރުކޮށްދޭ ވަސްތަކެއް ކަމަށެވެ. އަދި އެއީ ބާރުވެރިކަމާއި މިނިވަންކަމާއި "ބޯލްޑް ނޭޗާ"އަކަށް ހުށަހަޅައިދޭ ވަސްތަކެއް ކަމަށް ވެސް ވެއެވެ.

އޭގެ އިތުރުން ފިރިހެނުންނަށް ހާއްސަ ވަހަކީ ގުދުރަތީ ތަކެއްޗާ ގުޅިލާމެހިފައިވާ ވަސްތަކެއްކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. އަދި ފިރިހެން ވަހަކީ ކޮމްޕްލިމެންޓަރީ ނޯޓްސް އެކުލެވިގެންވާ، އަންހެނުން ވަރަށް ގަޔާވާ ވަސްތަކެކެވެ.

ފަހަކަށް އައިސް ޔުނިސެކްސް ޕާފިއުމް މާކެޓަށް ތައާރަފްކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިހާރު އަންހެން އަދި ފިރިހެން ކިޔާ މިންވަރު ވަނީ މަދުވެފައެވެ.

އެހެންވިޔަސް، އަންހެންވަންތަ ސެންޓު ބޭނުންކުރުން އަންހެނުން ހުއްޓައެއް ނުލައެވެ. މިދައްކަނީ އަންހެނުން މާބޮޑަށް ފިރިހެން ވަސްތަކާ ގަޔާވާ ވާހަކައެވެ. އަންހެނުން، ފިރިހެން ސެންޓު ޖެހުމަކީ މިހާރުގެ ޓްރެންޑެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ.