ލައިފްސްޓައިލް

12 ހަފްތާއިން ހަށިގަނޑަށް މި ބަދަލު ގެންނަން ބޭނުންތަ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފަލަވެގެން ޝަކުވާ ކުރިޔަކަސް ނުވާނެ އެވެ. ރީތި ހަށިގަނކަށް އެދެވޭ ނަމަ ދުޅަހެޔޮ ޑައެޓަކާ އެކު، ގަވައިދުން ކަސްރަތު ކުރާށެވެ.

މި ޓައިމްސްލެޕްސް ވީޑިއޯކޮޅުގައި ހަންޓާ ހޮބްސް އަހަރެމެންނަށް މި ދައްކުވައިދެނީ ނަތީޖާ ނެރެވިދާނެ ކަމެވެ. ބޭނުން ވަނީ ވަރުގަދަ އަޒުމަކާއި ހިތްވަރެވެ. އެމެރިކާގެ އޮކްލޮހަމާ ސިޓީގައި އުޅޭ ހަންޓާ، 24، ބަރުދަން ލުއި ކުރުމުގެ ދަތުރު ފެށި އިރު ބޮޑު ބަނޑެއް އޮތެވެ. ބަރުދަނުގައި 91.6 ކިލޯގްރާމް ހުއްޓެވެ.

އެކަމަކު 12 ހަފުތާ ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ހަންޓާ ވަނީ ހަށިގަނޑު ބައްޓަން ވަރަށް ބޮޑަށް ރީތީކޮށްލައިފަ އެވެ. އޭނާ މިހާރު ހުރީ ސިކްސްޕެކާ އެކުގައެވެ.

ބާރަ ހަފުތާ ތެރޭގައި ހަންޓާ ވަނީ ބަރުދަނުން 20 ކިލޯ ލުއިކޮށްފަ އެވެ. އޭނާގެ މިހާރުގެ ބަރުދަނަކީ 72.6 ކިލޯގްރާމެވެ.

ހަންޓާ ކިޔައި ދިން ގޮތުގައި މި ބަދަލު ގެންނަން ކުރި މަސައްކަތަކީ ހަޔާތުގައި މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތެވެ. އޭނާ ބުނި ގޮތުގައި މިހާރު ހުރި ބައްޓަމަށް އާދެވުނީ ހަރުކަށި ޑައެޓަކާއި ހުއްޓުމެއް ނެތް ކަސްރަތުންނެވެ.

"ދެން ޑައެޓަށް ގެނައި ބަދަލުގެ ތެރޭގައި ހޫނު ފެން ބުއިމާއި ކުކުޅު މަހާއި ޕޮރިޖާއި ނަޓްސް އާއި ކައްޓަލަ ފަދަ ބާވަތްތައް ވަރަށް ގިނަ އަދަދަކަށް ހިމެނިން،" ހަންޓާ ބުންޏެވެ. "އަހަރެން ބުނާނީ ޑައެޓަށް ގެނައި ބަދަލޭ އަހަރެންގެ ބަރުދަން ލުއި ވާން އެންމެ ބޮޑު އެހީއަކަށްވީ. މިހާރު މި ހުރި ސިފައާ ދޭތެރޭ ވަރަށް އުފަލުން މިހިރީ."

ހަންޓާ ކިޔައި ދިން ގޮތުގައި އޭނާ ބޭނުންވި ބައްޓަމަށް އަންނަން 12 ހަފުތާ ތެރޭގައި ކޮންމެ ދުވަހަކު 20-30 މިނިޓްގެ ކާޑިއޯ ސެޝަނެއް ނެގި އެވެ. އަދި ހަފުތާގެ ހަ ދުވަހު ވެއިޓް ލިފްޓިން ސެޝަންތައް ވެސް ނެގި އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!