ސަނީ ލިއޮނީ ބަގީޗާގައި ކަސްރަތުކުރަން އުޅުނު ގޮތުން ޑޭނިއަލް ހީހީ ހަލާކުވެއްޖެ

ބޮލީވުޑުގެ މަޝްހޫރުތަރި ސަނީ ލިއޯނީ އެގޭގެ ބަގީޗާގައި ކަސްރަތުކުރަން އުޅުނުގޮތް ފެނިފައި، ސަނީ ލިއޯނީގެ ފިރިމީހާ ޑޭނިއަލް ހީހީ ހަލާކު ވެއްޖެއެވެ.
ގޭގެ ބަގީޗާގައި ކަސްރަތުކުރާ ވީޑިއޯއެއް އިންސްޓަގްރާމަށް ލަމުން ސަނީ ލިއޯނީ ބުނެފައިވަނީ، އައު ކަންކަން ތަސައްވަރު ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށެވެ. އަދި އެވީޑިއޯއިން ފެންނަ ގޮތުގައި ސަނީ އޮތީ ކަޅުކުލައިގެ އެއްޗެއް އެލުވުމަށްފަހު އޭގެ މައްޗަށް އަރައިގެން ކަސްރަތުކު ރާށެވެ. ހަގީގަތުގައި ވެސް އެވީޑިއޯ ވަރަށް މަޖަލެވެ.
މި ވީޑިއޯ 3.1 މިލިއަން މީހުން މިހާރު ވަނީ ބަލާފައެވެ.
މިހާރަކަށް އައިސް ސަނީ ލިއޯނީ އަންނަނީ ކަސްރަތު ކުރާ ގިނަ ވީޑިއޯތަކެއް ފޭސްބުކަށާއި އިންސްޓަގްރާމަށް ވެސް އަޅަމުންނެވެ. އެގޮތުން ދާދި ފަހަކުން "ލޮސް އެންޖެލަސް" ގައިވެސް ސަނީ އާއި ސަނީގެ ދަރިފުޅުގެ މަޖާ ކަސްރަތު ކުރާ ވީޑިއޯއެއް ވަނީ އިންސްޓަގްރާމަށް އަޕްލޯޑު ކޮށްފައެވެ.
އަދި އެތަނުގައި އުޅޭއިރުގައި ދުވަހުގެ 90 އިންސައްތަ އުޅެނީ ގެއިން ބޭރުގައި ކަމަށް ވެސް ސަނީ ލިއޯނީ ވަނީ ބުނެފައެވެ. އެހެންނަމަވެސް 3 ފޫޓު ދުރުމިން ބަހައްޓާ ކަމަށާއި، އެތަނުގައި ޕާކުތަކަށްވެ ސް ދެވޭ ކަމަށް ސަނީ ލިއޯނީ ހާމަ ކޮށްފައިވެއެވެ.