ރައީސް ނަޝީދު، ރައީސް ޞާލިޙަށް: ވަގު ހަދައިގެން މޮޅެއް ނުވެވޭނެ

ވަގު ހަދައިގެން، އިންތިޚާބުން މޮޅު ނުވެވޭނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ރޭ ބޭއްވި ކެމްޕެއިިން ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން ކަނޑާލީ ވަގަށް ކަމަށެވެ. އެމީހުންނާއެކު، އެ މީހުންގެ ބަސް އަޑުއަހާނެ ޖުމްލަ 70،000 މެންބަރުންގެ ވޯޓު ސަރުކާރަށް ގެއްލިގެންދާނެ ކަމަށާއި އެއީ ސަރުކާރުން ހިންގި މުޑުދާރު އަމަލުގެ ނަތީޖާ ކަމުގައިވެސް ވިދާޅުވިއެވެ.
"އިންތިޚާބަކުން ވަގު ހަދައިގެން މޮޅެއް ނުވެވޭނެ. އެހެންނަމަ އަޅުގަނޑު ރައީސް އަރިހު ދަންނަވަން ބޭނުން، 2018ގައި ރައީސް ޔާމީނަށްވެސް މޮޅުވެވުނީސް. ހުރިހާ ވަސީލަތެއް ހުރި. ހުރިހާ ބާރެއް އޮތް. ހުރިހާ ސިޔާސީ ލީޑަރުން ތިބީ ބަންދުގައި. އެހެންނަމަވެސް ނަތީޖާ ނިކުތީ އިދިކޮޅަށް،" އިންތިޚާބުގައި ވަގު ހެދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ސޯލިހަށް ނަސޭހަތްތެރިވަމުން ނަޝީދު ވިދާޅުވިއެވެ..ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ 39،000 މެންބަރުން އެހެން ޕާޓީތަކަށް ވެއްދީ އެ މީހުން ކައިރީ އަހާވެސް ނުލައި ވަގަށް ކަމަށެވެ. އެކަން ކުރީ އެމްޑީޕީގެ މިހާރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅިގެން ކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވިއެވެ.






ކޮމެންޓް