Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

މާލެ އިން 2 ވަނަ ބަންގްލަދޭޝް މީހަކު ފައްސި ވެއްޖެ

މާލެއިން ދެވަނަ ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ފައްސިވި މީހާގެ ސާމަޕްލް ނެގޭ ފްލޫ ކްލިނިކަށް ދައްކަން އައުމުން ކަމަށެވެ. އެ މީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ މާލެއިން ކޮވިޑް-19 އަށް ފައްސިވި 16 ވަނަ މީހާއެވެ. އަދި ބަންގްލަދޭޝް އިން ފައްސިވި ދެވަނަ މީހާއެވެ.

Advertisement
HDC — Sidebar (box)

މާލެއިން 16 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 36 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް