ޚަބަރު

ރައީސްގެ ހަށިކޮޅިގައި އަލިފާން ޖަހަން ގޮވާލި މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހާގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނެފައި ވަނީ މިމައްސަލަ ތަހުގީގު ކުރުމަށްފަހު، މައްސަލަ ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ހުރުމުގެ ސަބަބުން އޮކްޓޯބަރު 20 ވީ އަންގާރަ ދުވަހު މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ތ. ވިލުފުށީ އިރުއައްސޭރި އުމުރުން 47 އަހަރުގެ މުހައްމަދު އިބްރާހީމްގެ މައްޗަށެވެ.

އޭނާ ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައި ވަނީ “ރައްޔިތުންގެ އަޑު" ގެ ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މުއްދަތު ޖަހާ ، ބަންދުގައި ބަހައްޓައިގެންނެވެ. 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!