Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

މަގޫދޫގެ ފެނާ ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްފި

މަގޫދޫގެ ފެނާ ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްފި
މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.
މި ނިޒާމު އިފްތިތާޙު ކޮށްދެއްވީ މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. މަގޫދޫގައި ގާއިމު ކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް“ އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރުގެ 2 ޓޭންކު ވަނީ ބަހައްޓައިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަނާއި 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މަގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ސަރުކާރުން ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 31,496,840.00 ރުފިޔާއަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް