ޚަބަރު

ޕެންޝަނުގެ ގޮތުގައި 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޕެންޝަނުގެ ގޮތުގައި 117 މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ މަހު ދޫކޮށްފިއެވެ.

Ads by STELCO

މޯލްޑިވްސް ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު،  ޖުމްލަ 117818556.27 ދިވެހި ރުފިޔާ މިދިޔަ މަހު ޕެންޝަރަނަރުންނަށް ދޫކޮށްފައި ވެއެވެ.

މިގޮތުން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައި ވަނީ އަސާސީ ޕެންޝަންގެ ގޮތުގައެވެ. އެގޮތުން އަސާސީ ޕެންޝަންގެ ގޮތުގައި 18303 މީހަކަށް 87032361.14 ރުފިޔާ ވަނީ ދޫކުރެވިފައެވެ.

ދެން އެންމެ ގިނަ އަދަދެއްގެ ޕެންޝަން ދޫކޮށްފައި ވަނީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައެވެ. މި އިނާޔަތް ޖުމްލަ 4016 މީހުނަށް ދޫކުރެވިފައިވާއިރު އެއީ 17337780.02 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ރިޓާޔަރމަންޓް ޕެންޝަންގެ ގޮތުގައި 1346 މީހަކަށް 7383153.20 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކުގެ ގޮތުގައި 6065261.91 ވަނީ ދޫކޮށްފައެވެ. މި ފައިސާ ދީފައި ވަނީ 3206 މީހަކަށެވެ.

ރިޓަޔަރމަންޓް ޕެންޝަން ފިޔަވައި އެހެން ޕެންޝަނާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ ޕެންޝަނާއި އިނާޔަތްތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!