ޚަބަރު

މާލެ ލޮކްޑައުންގައި އޮއްވާ ރިޔާޒަށް މާލެ އާދެވުނީ ކޮން ސަބަބަކާ ހުރެކަން ސާފުވާންޖެހޭ: ސިރާޒު

ދެން އެމްވީ ، ދެން އޮންލައިން

މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް މާލެ އާދެވުނީ ކޮން ސަބަބަކާ ހުރެކަން ސާފުވާންޖެހޭ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލެއިން ކޮވިޑް-19 ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް، ރިޔާޒް ރަށުން މާލެ ވަޑައިގަތުމުން އޭނާއަށް އެތައް ބަޔަނު އަންނަނީ ފާޑުކިޔަމުންނެވެ.

ސިރާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް ގިނަ ރައްޔަތުން މާލެއިން ނުފޭބިގެން އަދި މާލެ ނޭރިގެން އެކަމުގެ މައުލޫމާތު ހޯދަން ގުޅާ ކަމަށެވެ. އެހެންކަމުން މާލެ ލޮކްޑައުން ހާލަތުގައި ރިޔާޒަށް މާލެ އާދެވުނީ ކޮން ސަބަބަކާ ހުރެކަން ސާފުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޮކްޑައުންގެ ސަބަބުން މާލެ ނާދެވި އެތަށް ދުވަހެއް ރަށުގައި މަޑުކުރެއްވުމަށްފަހު ރިޔާޒު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން ފުރައިގެން އިރު މެދު ނުޖެހެނީސް މާލެ އާވިއްޖެ ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ ތިމަރަފުށީގައި ހޭދަކުރެއްވި 15 ދުވަހު އެކި ގޮތްގޮތުން އެހީތެރިވި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރިޔާޒް ވިދާޅުވީ އޭނާ މާލެ ވަޑައިގެންނެވީ ގަވާއިދާ އެއްގޮތަށް ކަމަށާއި އޭނާ ވަޑައިގެންނެވިއިރު ތިމަރަފުށީގެ އިތުރު ބަޔަކުވެސް ހުއްދަ ހޯދައިގެން މާލެ އައި ކަމަށެވެ. އަދި ވިދާޅުވީ މާލެ އައުމުގެ ހުއްދައަށް އެދި ވަޑައިގަތީ ތިމަރަފުށީގައި 15 ދުވަހު ހުންނެވުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ ވަޑައިގަތުމުގެ ހުއްދަ، ރަސްމީކޮށް ހޯއްދަވަން މި މަހު 17 އިން ފެށިގެން އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުން ކަމަށެވެ. މެއިލްގެ ޒަރީއާ އިން އެ ހުއްދަ ލިބިވަޑައިގަތީ އިއްޔެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!