ޚަބަރު

ކޮވިޑް-19ގެ ކަންކަމުގައި މި ސަރުކާރު ފެއިލް ވެފައިވާކަން ރައްޔިތުންނަށް ސާބިތު ވެއްޖެ: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ކަންކަމުގައި މި ސަރުކާރު ފެއިލް ވެފައިވާކަން ދިވެހިން ރައްޔިތުންނަށް ސާބިތު ވެއްޖެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ އިސްވެރިން މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި ސަރުކާރު މިވަނީ ބޮޑުތަކުން ފެއިލް ވެފައިކަން ދިވެހި ރައްޔިތުންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މިވަނީ ސާބޮތުވެފައި ކަމަށެވެ.

"މިއީ އިދިކޮޅުން ދައްކާފައިހުރި ވާހަކަތަކެއް ނޫން، ހަމަ މި ސަރުކާރުގެ ބޭފުޅުން އެކި ފަހަރުމަތިން ދައްކާފައި ހުރި ވާހަކަފުޅު ދެއްތޯ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވެފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓް އޭނާގެ ޕޯސްޓުގައި ހިއްސާ ކުރައްވާފައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަމީން އާއި ބައެއް އެމްޑީޕީގެ މަޖިލިސް މެމްބަރުން ކޮވިޑް-19އާ ގުޅިގެން ދައްކާފައިވާ ވާހަކަތައް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!