ޗައިނާއިން ރާއްޖޭގައި 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ހަދަނީ
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންގެ ފަރާތުން ރާއްޖޭގައި އިތުރު ކަރަންޓީން ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ހާމަކޮށްފިއެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު، އޭނާ ވިދާޅުވީ ރާއްޖޭ ގެ އެދުމުގެ މަތިން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިން ރާއްޖޭގައި ވަގުތީ ކަރަންޓީނު ފެސިލިޓީތަކެއް ގާއިމު ކުރުމަށް 100 އަށް ވުރެ ގިނަ މަސައްކަތްތެރީންނާއި، މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ސާމާނު ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޗައިނާ އިން ހަދާ މި ކަރަންޓީނު ފެސިލިޓީ ގައި މަދުވެގެން 800 މީހުންގެ ޖާގަ ހުންނާނެ ކަމަށް ވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ.
Chinese enterprises in action
Heeding the call of the Maldives Gov., China State Construction decides to send over 100 workers, along with equipments and materials, to build temporary quarantine facilities to house maximum 800 persons.
Race against time. pic.twitter.com/Lz1mZ9R5Aq
— Amb. Zhang Lizhong (@AmbassadorZhang) April 27, 2020
މީގެ އިތުރުން ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އިން ހުޅުމާލޭގައި ހަދަމުން އަންނަ ދެބުރި އިމާރާތެއް ރިނޮވޭޓް ކުރަމުން އަންނަ ކަން ވެސް ސަފީރު ވަނީ ހާމަކޮށްފައެވެ.
އެގޮތުން ބީޔޫސީޖީން 40 މަސައްކަތްތެރީންނާއެކު މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމް ކުރުމަށް ކަމުގައި ސަފީރު ވިދާޅުވިއެވެ.
Chinese enterprises in action.
BUCG decides to arrange a task force of 40 workers to help renovate a two-story building to a temporary quarantine facility with the capacity of 327 beds in Hulumale. pic.twitter.com/KmfTDXOTBn
— Amb. Zhang Lizhong (@AmbassadorZhang) April 27, 2020
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނައިރު، ރާއްޖޭގައި މިހާރު 12 އަށް ވުރެ ގިނަ ކަރަންޓީން ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ.