Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ނާޒިމުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅައިފި

ނާޒިމުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅައިފި

ސެޕްޓެންބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމުވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

ދަރުބާރުގޭގައި ހުންނަ އިންތިޚާބީ މައި މަރުކަޒަށް މިއަދު ނާޒިމުގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު އީސީއަށް ހުށަހަޅުއްވައިފައެވެ. އެމްއެންޕީ އަދި އެމްޑީޕީން އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމު ހުށަހަޅާފައިވާއިރު، ޑިމޮކްރެޓްސް ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމުވެސް މިއަދު ހުށަހަޅަންވަނީ ނިންމާފައެވެ.

ރައީސް ޞާލިޙުވަނީ މި އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިއްޔެ ހަމަޖައްސަވާފަ އެވެ.

އަދި ނާޒިމްވެސް ވަނީ އެބޭފުޅާގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވާފައެވެ.

Advertisement
Ooredoo — Square (box)

ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ މެންދުރުފަހު 2:00 އަށް ހަމަވާއިރު، މިހައިތަނަށް ފޯމު ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނެވެ.

އެހެންނަމަވެސް، އެމަނިކުފާނުގެ ފޯމު އީސީން ބަލައިނުގަނެއެވެ. އެ މައްސަލަ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ވައްދާފައިވާއިރު މައްސަލާގެ ހުކުމް އިއްވުން މިހާރު އެބަ ކުރިއަށް ދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް