5 މިނެޓު ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ނަން ކިޔާ، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދި ކުއްޖެއް

ދުބާއީއަށް ނިސްބަތްވާ އުމުރުން 5 އަހަރުގެ "ޕްރާންވީ ގުޕްތާ" ނަމަކަށް ކިޔާ މިއަންހެން ކުއްޖާ 4 މިނެޓާ 23 ސިކުންތުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ނަން ކިޔައެވެ. ދުނިޔޭގެ ހުރިހާ ގައުމެއް އެކަންޏެއް ނޫނެވެ. ހުރިހާ ގައުމެއްގެ ވެސް ވެރިކަން ކުރާ ރަށާ އެކުއެވެ.
ޖުމުލަ 195 ގައުމެއްގެ ނަމާއި އެ ގައުމުތަކުގެ ވެރިކަންކުރާ ރަށުގެ ނަން އެންމެ 4 މިނެޓާ 23 ސިކުންތުން ކިޔައި ދުނިޔޭގެ ރެކޯޑު ފޮތުންވަނީ ޖާގަ ހޯދާފައެވެ. ޕްރާންވީ ގެ ބައްޕަ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ޕްރާންވީ އެންމެ ފުރަތަމަ ހުރިހާ ގައުމެއްގެ ނަން ދަސްކުރަން ގާތްގަނޑަކަށް 45 ދުވަސް ނެގި ކަމަށާއި، ދެން އެންމެ އަވަހަށް ވެސް ހުރިހާ ގައުމެއްގެ ނަން 11 މިނެޓު ތެރޭގައި ކިޔާ ނިންމި ކަމަށެވެ.
މިހެން ގޮސް މަޑުމަޑުން ވަގުތު ކުޑަވަމުން ގިސް އެންމެ ފަހުން 4 މިނެޓާއި 23 ސިކުންތަށް ކުޑަވީ ކަމަށް ވެސް ޕްރާންވީ ގެ ބައްޕަ މައުލޫމާތު ދީފައިވެއެވެ. ބޭރުގެ މީޑިއާތަކުން ޕްރާންވީ އާ ކުރި އިންޓަވިއު އެއްގައި ޕްރާންވީ ބުނެފައިވަނީ، ގައުމުތަކުގެ ނަން ހިތުދަސްކުރަން އުޅުމުގެ ތެރޭގައި އެންމެ އުނދަގޫވީ "އެސް" އަކުރުން ފެށޭ ގައުމުތައް ކަމުގައެވެ،
ޕްރާންވީ މިކަމަށް ހިތްޖެހުނީ ކިހިނެއްތޯ ކުރިސުވާލަށް ޖަވާބު ދެމުން ޕްރާންވީގެ މަންމަ ބުނެފައިވަނީ، އެންމެ ފުރަތަމަ ޕްރާންވީ އަށް ޓީވީން ފެނުނީ 8 އަހަރުގެ ކުއްޖެއް އެމެރިކާގެ 50 ސްޓޭޓް ކިޔާދިން މަންޒަރު ކަމަށާއި، އެހިސާބުން ޕްރާންވީ ބޭނުންވީ ހަމަ އެގޮތަށް މުޅި ދުނިޔޭގެ ގައުމުތަކުގެ ނަން ކިޔަން ކަމުގައި ކަމަށެވެ.