Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ކޮމެޓީން މިރޭ ފާސްކޮށްފިއެވެ.

މި ބަޖެޓު ފާސްކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމާ ގުޅޭ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކުރުމަށްފަހުއެވެ.

އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement
HDC — Sidebar (box)

އެގޮތުން އެ ބަޖެޓަށް ބަދަލުގެނެސް އިތުރުކުރުމަށްފަހު ބަޖެޓު ފާސްކުރީ މިރޭ ބޭއްވި ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރާ މަސައްކަތަށް 10 މިލިއަން ރުފިޔާ ހިމަނާފައިވާއިރު 34 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓް ކޮމިޓީން މިރޭ ފާސްކުރި ނަމަވެސް ބަޖެޓާ މެދު ފަހުގެ ނިންމުން ނިންމުމަށް  މަޖިލީހަށް އަދި ހުށަހަޅާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް