Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ތިން ސަފީރަކު އައްޔަންކުރަން ރުހުން ހޯދަން ހުށަހަޅައިފި

ތިން ސަފީރަކު އައްޔަންކުރަން ރުހުން ހޯދަން ހުށަހަޅައިފި

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިން ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފިއެވެ.

ރުހުން ހޯދަން ހުށަހަޅާފައިވަނީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާ ސަފީރަކަށް، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ނައިބު ރައީސް އަދި އެމްބަސަޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް އަދި އދގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

މުންދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

ޑރ. އަލީ ނަސީރަކީ ވެސް ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެެވެ.

ޑރ. އިރުތިޝާމް އާދަމް މީގެ ކުރިން ވަނީ ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން އަދި ސަފީރުކަން ކުރައްވާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ދިރާސާކުރަން ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް