ކޮވިޑް-19: މާފުށި މޮނީޓަރިންގައި،އަރާ ފޭބުން މަނާ!

ކ. މާފުށި މޮނީޓަރިންއަށް ލާފައިވާ ކަމަށާއި އެހެންކަމުން އެރަށަށް މީހުން އަރާފޭބުން މަނާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށު ކައުންސިލަށް އަންގައިފިއެވެ.
އެރަށު ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި އިއުލާނުގައި ބުނެފައިވަނީ މިއަދު 15:43 ން ފެށިގެން މާފުށި މޮނީޓަރިންގަށް ލާފައިވާ ކަމަށެވެ.
ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަ ނެތި އެއްވެސް ރަށަކަށް އެރުން މަނާކޮށް، ރަށް މޮނީޓަރ ކުރުން" އެޗްޕީއޭއިން ކައުންސިލަށް ފޮނުވި އެންގުމުގައި ވެއެވެ.
މާފުށި މޮނީޓަރިންގަށް ލާފައި މިވަނީ އެރަށުން މީހަކު ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ.