Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މެޑްޓެކް އިން 18 ވެންޓިލޭޓަރ ރާއްޖެ ގެނެސްފި

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން މެޑްޓެކް މޯލްޑިވްސްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

މި ވެންޓިލޭޓަރުތައް ގެނެސްފައިވަނީ ސްރީ ލަންކަން އެއާލައިންސްގެ ކާގޯ ފްލައިޓެއްގައެވެ. މިކަމުގައި އެ އެއާލައިން ގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސްގެ އެހީތެރިކަން ލިބުނު ކަން ފާހަގަކޮށްލަން ޖެހެއެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 18 ވެންޓިލޭޓަރުގެ އިތުރުން މި ވަގުތަށް ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު ވެސް މިއަދު ގެނެސްފައިވާކަމަށެވެ.

ރާއްޖެއަށް 50 ވެންޓިލޭޓަރު ގެނައުމަށް، 14 މިލިއަން ރުފިޔާއަށް މެޑްޓެކް އާއި ޙަވާލުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. މި ވެންޓިލޭޓަރުތައް ގެންނަނީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ.

މެޑްޓެކްގެ އިތުރުން ، 26 ވެންޓިލޭޓަރު ގެނައުމަށްތަކައި ނާޑު ޕްރައިވެޓް ލިމިޓެޑް އާއިވެސް ވަނީ ހަވާލުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް