ޚަބަރު

ދިރާގު ބިލުގެ މުއްދަތު ދެ މަހަށް އިތުރުކޮށްދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކަސްޓަމަރުންނަށް ލުއި ދިިނުމުގެ ގޮތުން ބިލު ފޮނުވާ ތާރީހުން ފެށިގެން ދެ މަހުގެ މުއްދަތަށް ބިލުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދުމުން އެ ކަން ހަމަޖައްސައިދޭނެ ކަމަށެވެ. ލޭޓް ޕޭމެންޓް ޗާޖަސް، އަދި ރިކަނެކްޝަން ފީ ވެސް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު ކަމަށް ރެޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރުންގެ ހިދުމަތްތައް ވެސް މި ޖޫންމަހުގެ ނިޔަލަށް މެދުކަނޑާނުލާ ދޭނެ ކަމަށާއި އެ ފަރާތްތަކަށް އިތުރު ގޮތެއް ފެންނަންދެން ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިދުމަތް ހޯދުމަށް ފަސޭހަ ޕޭމަންޓް މެތަޑުތައް ވެސް ކަސްޓަމަރުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވެންސް ތަކާއި ޑިސްކައުންޓުތައް ދޭން ފަށައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!