ޚަބަރު

ކޮވިޑް19: ރާއްޖޭގައި ބަލި ޖެހުނު މީހުންގެ 54 އިންސައްތަ މީހުން ގައިން އަލާމާތެއް ނުފެނޭ

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު މާލޭގައި ކޮވިޑް19 ފެތުރެމުން އަންނަ އިރު ވައިރަސް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭއިން ބަލި ޖެހުނު ގިނަ މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނުމެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 54 އިންސައްތަ މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެއެވެ.

Ads by STELCO

މިގޮތުން އަލާމާތް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމަކި އެކަށީގެންވާ ކަމެއް ކަމުގައި މީގެ ކުރިން ޑރ. ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ ވިދާޅުވެފައިވެއެވެ. ރާއްޖޭގައި އަލާމާތް ފެންނަ މީހުންނާއި، އަލާމަތް ނުފެންނަ މީހުން އުޅެނީ ހަމަ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށް ވިދާޅުވެ ޑރ. ވަނީ އެއީ ހުތް ފޮނި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޑޮކްޓަރު ވިދާޅުވިގޮތުގައި އަލާމާތް ނުފެންނަ މީހުން ގިނަވުމުގެ މާނައަކީ ރާއްޖޭގައި ގިނަ މީހުންނަށް ބަލި ޖެހެނީ ވަރަށް "މައިލްޑް" ކޮށް ކަމަށެވެ. އަދި އެގޮތަށް ބަލި ޖެހުނީމާ އެމީހާގެ ހަށިގަނޑަށް އެކަމުން އެއްވެސް ކަހަލަ އަސަރެއް ނުކޮށް، އަލާމާތް ފެންނަ ވަރަށް ބަލީގެ އަސަރެއް ނުކޮށް ބަލި އަމިއްލަ އަށް ފަސޭހަވެގެން ދަނީއެވެ.

އެހެންކަމާއެކު އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހަކަށް ވެސް ބަލި ޖެހިފައި ހުރެދާނެ ކަމަށް ގަބޫލުކޮށް ގޭގައި މަޑުކުރުމެވެ. އަދި ގޭތެރޭގައި އުޅޭއިރުގައިވެސް ފިޒިކަލް ޑިސްޓެންސިން ދަމަހައްޓައި ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!