ޚަބަރު

އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު އަންނަ އަހަރުގެ މެއި، ޖޫންގައި ބޭއްވުމަށް މަޝްވަރާކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރު ގެ އޯ ލެވެލް އަދި އެސްއެސްއީ އިމްތިހާމް އަންނަ އަހަރުގެ މެއި، ޖޫން އިމްތިހާނުތަކުގެ ތެރޭގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މަޝްވަރާކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑް19 ގެ ސަބަބުން ސުކޫލުތައް ބަންދުކޮށްފައިވާއިރު ޑރ. އައިޝަތު އަލީ ވަނީ އޭޕްރިލް 30 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް މި އިމްތިހާނުތަކާއި މެދު މަޝްވަރާކޮށްފައެވެ.މި ބައްދަލުވުމުގައި އަންނަ އަހަރުގެ މެދު ތެރޭގައި އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު ބޭއްވުމާ ގުޅޭގޮތުން މިނިސްޓަރު ޑރ. އައިޝަތު އަލީ ޕްރިންސިޕަލުންނާ މަޝްވަރާ ކުރައްވާފައިވާވެއެވެ.

މީގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުވެފައިވާ މުއްދަތުގައި ކިޔެވުން ކުރިޔަށް ގެންދާނޭ ގޮތަކާއި މެދުގައި ވެސް ވަނީ ވާހަކަ ދެކެވިފައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޯ ލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިވަނީ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އޮކްޓޯބަރ ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ނިންމާފައިވަނީ ކޮވިޑް-19ގެ ސަބަބުން ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް
އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ ކަމަށެވެ.

މި ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްކަމުގައި އެޑިއުކެޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!