ޚަބަރު

އުމަރު، އިމްރާނަށް: ކުރެއްވި ހުވަޔާ އެއްގޮތަށް އަމަލު ކުރައްވައި، ސީޕީ ހަމީދާ ގުޅޭ މައްސަލަ ބައްލަވާ

ދެން އެމްވީ ، ދެން އޮންލައިން

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަމަށް ބެލެވޭ ބޭފުޅެއް ރޭ ގެންގުޅޭ ތަނެއްގައި ޕާޓީކުރާ މަންޒަރު ފެންނަ ފޮޓޯތަކަކާއި ވީޑިޔޯތަކެއް މީސްމީޑިޔާގައި ދައުރުވަމުންދާތީ، އެމައްސަލަ ބައްލަވައި، ކުރެއްވި ހުވައާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ އާއި ބެހޭ ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، ހޯމް މިނިސްޓަރު ގެ ހުވަޔާ އެއްގޮތަށް މިނިސްޓަރު އިމްރާން އަމަލު ކުރައްވަންވާނެ ކަމަށެވެ.

"ދިވެހި ފުލުހުންގެ ޤާނޫނު ގެ 23 (ބ) އާއި އެއްގޮތަށް މި މައްސަލަ ބަލަން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް މިނިސްޓަރ މި މައްސަލަ ފޮނުއްވަންވާނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ޤާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފައި ކަމަށެވެ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލް ވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތަށް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުޤީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޯމް މިނިސްޓަރ ކަން ކުރުމަކީ ތޯ ތޯ ކަމެއް ނޫން. ޤާނޫނު ގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވާދޭންވާނެ. ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވަންވާ" އުމަރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!