މިއަދު ނެގި އުމުރުން ދުވަސް ވީ މީހެއްގެ ސާމްޕަލެއް ފައްސި ވެއްޖެ
މިއަދު ނެގި އުމުރުން ދުވަސް ވީ މީހެއްގެ ސާމްޕަލެއް ފައްސި ވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޓެސްޓް ކުރެވުނު އެއް ސާމްޕަލް ފައްސިވެފައިވާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ ދުވަސްވީ މީހުންނަކީ ގޭގައި ތިބޭ ބަޔަކަށްވާތީ ބައެއް މީހުން ޓެސްޓް ކުރަން ދެކޮޅު ހަދަމުންދާ ކަމަށާއި ނަމަވެސް ކޮވިޑްގެ ބަލި އެންމެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ދުވަސްވީ މީހުން ހިމެނޭތީ އެމީހުންގެ ތެރޭގައި ބަލި ނެތްކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އާއިލާތަކުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ކުރިންވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.