Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަލުގައި ގައިދީންނަށް "ފުޅައަޅާފައިވާ" ކާނާ ދޭކަމަށް ބުނެ ފަތުރާ ވީޑިއޯއަކީ ދޮގެއް: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ގައިދީންނަށް "ފުޅައަޅާފައިވާ" ކާނާ ދޭކަމަށް ބުނެ ފަތުރަމުންދަނީ ވީޑިއޯއަކީ ގައިދީންނަށް ދިން ކާއެއްޗެހި ގޮޅިތެރޭގައި ފޮރުވައި ކުނިކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި ގައިދީންނަށް "ފުޅައަޅާފައިވާ" ކާނާ ދީފައި ނުވާކަން ހާމަވެފައިވާކަމަށެވެ. އަދި ދައުރުވަމުންދާ ވީޑިއޯ އަކީ ޖަލު ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަދުވަހު ފޮރުވާފައި ބަހައްޓައިގެން ނަގާފައިވާ ވީޑިއޯއެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

Advertisement
Allied — Dhen Online (box)
— Home Ministry, MV (@HomeMinistrymv) May 16, 2020

އަދި ކާތަކެއްޗާމެދު މިފަދަ ޝަކުވާއެއް ގައިދީންގެ ފަރާތުން މިހާތަނަށް ލިބިފައިވެސް ނުވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މިފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް