Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަންދެލި ރިސޯޓުން ގިނަ އަދަދެއްގެ ސެނިޓައިޒާ، ޕީޕީއީ ކިޓް އަދި ފޭސް ޝީލްޑް ހަދިޔާ ކުރަނީ

ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ޝަވަލް ބްލާންކް ރަންދެލި ރިސޯޓުން ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސިއްހީ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.

ރަންދެލި ރިސޯޓުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް ހަދިޔާ ކުރަން ނިންމާފައި ވަނީ 10،000 ސެނިޓައިޒާ އާއި 30،000 އަންގި އާއި 10،000 މާސްކު އަދި 10،000 ފޭސް ޝީލްޑާއި 5،000 ޕީޕީއީ ކިޓެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނިން ހަދިޔާކުރާ ތަކެތި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށެވެ. މި ތަކެތި ގެންނަނީ އަބޫދާބީން ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.

Advertisement
Allied — Dhen Online (box)

ޝެވަލް ބްލާންކް ރަންދެލިއަކީ ރާއްޖޭގައި އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި އޮންނަ ރިސޯޓެކެވެ. އެ ރިސޯޓުގެ ފަރާތުން އަތޮޅުގެ ރަށްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ.

ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ރަންދެލީގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުން ވެސް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ސާމާނު ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް