ޚަބަރު ރައްޔިތުންގެ މަޖިލިސް

"އެމްޑީޕީގެ ސީދާ ވިސްނުމާ އެއްގޮތަށް" ފުލުހުންގެ ބިލް ފާސްކޮށްފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ހިންގާ އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް އެކުލަވާލި ފުލުހުންގެ ބިލް މިރޭ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Sosun Fihaara

މިބިލު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރެއްވުމާއެކު ފުލުހުންގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ފުލުހުންގެ ބިލު މިރޭ ފާސްކޮށްފައިވާއިރު، ކޮމެޓީން ގެނައި ބަދަލުތަކުގެ އިތުރުން ކުއްލިއަކަށް އެމްޑީޕީން ވަނީ މިރޭ ވަނީ މިބިލަށް ބޮޑު އިސްލާހެއް ގެނެސްފައެވެ. އެއީ ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭ ގޮތަށް ބަދަލު ކުރުމެވެ.

މަޖިލިހުން މިރޭ މިބިލް ފާސް ކޮށްފައިވާއިރު، އިދިކޮޅުން ވަނީ މިރޭގެ މަޖިލިސް ބޯއިކޮޓް ކުރައްވާ މަޖިލިސް ކުރާ މާލަމުން ނިކުންނަވާފައެވެ. އިދިކޮޅުން ބުނެފައިވަނީ ފުލުހުންގެ މިބިލަކީ ބަދަލު ހިފުމާއި ސިޔާސީ ވިސްނުން ފުލުހުންގެ މުއައްސަސާއަށް ގެނައުމުގެ މަޤުޞަދުގައި އެކުލަވާލާފައި އޮތް ބިލެއް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިއީ އެމްޑީޕީގެ ސީދާ ވިސްނުމާ އެއްގޮތަށް އެކުލަވާލާފައި އޮތް ފުލުހުންގެ ބިލެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!