ޑްރޯނެއްގައި މާފުށީ ޖަލަށް ފޯނުތަކަކާއި ވައިފައި ރައުޓަރެއް ވައްދަން އުޅެނިކޮށް އަތުލައިފި

ޑްރޯނެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނު ތަކަކާއި ވައިފައި ރައުޓަރެއްގެ އިތުރުންވ ބައެއް އެހެން ތަކެތި އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި މާފުށީ ޖަލަށް ޑްރޯން މެދުވެރިކޮށް އެތެރެ ކުރަން އުޅުނު ބައެއް ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެގޮތުން އަތުލައިގަތް ބައެއް ތަކެތީގެ ތެރޭގައި 8 މޯބައިލް ފޯނާއި، ވައިފައި ރޫޓަރެއްގެ އިތުރުން ޔޫއެސްބީ ކޭބަލަކާއި 2 ސިމް ކާޑު ހިމެނެއެވެ.