Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

މާލީ އިސްލާހީ އެޖެންޑާއާ ބެހޭ މައުލޫމާތު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހިއްސާކޮށްފި

މާލީ އިސްލާހީ އެޖެންޑާއާ ބެހޭ މައުލޫމާތު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހިއްސާކޮށްފި

ރާއްޖޭގެ މާލީ އިސްލާހީ އެޖެންޑާ އާއި ތަރައްގީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ހިއްސާކުރައްވައިފި އެވެ.

ހަލީލް އެކަންކަން ހިއްސާކުރެއްވީ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ޔޫއޭއީން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށެވެ.

Advertisement
Allied — Dhen Online (box)

ބައްދަލުވުމުގައި ދެ ގައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަގީންކަމާއި ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް އަރުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ޒައިދަށް ރާއްޖޭގެ މާލީ އިސްލާހީ އެޖެންޑާ އާއި ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހަލީލް ދެއްވި އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ފަދަ ބޮޑެތި މަޝްރޫއުތަކަށް ޔޫއޭއީން ދީފައިވާ މުހިންމު އެހީތެރިކަން ފާހަގަކުރައްވާ އެ ކަންކަމަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ހަލީލުގެ އަރިހުގައި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި އެމްބެސެޑާ އެޓްލާޖް އަބްދުﷲ ހަމީދާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑާ ހައްސާން ވަހީދު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާ މުއުމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް