މުނިފޫހިފިލުވުން ދިވެހި ސިނަމާ

އެންމެ ފަހުން އައްޒަގެ ކޮޓަރިތެރެ ދައްކާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި ފިލްމީތަރިންގެ ތެރެއިން މަރިޔަމް އައްޒަ އަކީ އިތުރު ތައާރަފެއް ބޭނުމެއް ނުވާނެ ތަރިއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ފިލްމުތަކަކުން ހޯދި މަގުބޫލުކަމާއެކު ފިލްމީ ދާއިރާގައި ރަނިކަން ކުރަނީ އައްޒަ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

Ads by STELCO

އައްޒަގެ ފިލްމީ ހަޔާތުގެ އިތުރުން ޕާސަނަލް ދިރިއުޅުމަކީ އަބަދުވެސް ފޭނުން ނުހަނު ބަލާ ހިތްވާ އަދި ބެލުމަށް އެދި އެދި ތިބޭ އެއްޗެކެވެ. އައްޒަގެ އިންސްޓަގްރާމް ހޭންޑަލް އަށް ފޮލޯކުރާ 92.7 ހާސް ފޮލޯވަރުންނަކީ މިކަމުގެ ހެއްކެކެވެ.

މިއަހަރު ތެރޭގައި އައްޒަ ވަނީ އޭނާގެ ރޫމް ‘މޭކްއޯވާ’ ގެ ފޮޓޯތަކާއި ބައެއް މަސައްކަތްތައް ސްނެޕްޗެޓު އަދި އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެއާއެކު ފޭނުން ތިބީ އައްޒަގެ ކޮޓަރި ބަލާލަން ނުހަނު ބޭނުންވެފައެވެ.

އެންމެ ފަހުން އައްޒަ މިވަނީ ފޭނުންގެ މި އެދުން ވެސް ފުރިހަަމަ ކޮށްދީފައެވެ. އައްޒަ ހާ ‘އެކްސްޓްރާ’ އައްޒަގެ ކޮޓަރީގެ ފޮޓޯތައް ހިއްސާކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައެވެ.

މާބަލް ތީމަކަށް ތައްޔާރުކޮށްފައިވާ ކޮޓަރިއަށް އެންމެ ފުރިހަމަކަމެއް ގެނެސްދިނީ ކޮޓަރީ ސީލިންގުގައި އެލުވާފައިވާ ބޮޑު ޗާންދަލިޔާއެވެ.

އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއްޗަކަށް ކޮޓަރީގެ އެއްކޮޅުން އަނެއް ކޮޅަށް ހުރި ދިގު އަލަމާރި ވެގެންދާނެއެވެ. އަލަމާރީގެ ދޮރުފަތްތައް ވެސް ހުރީ މާބަލް ކޮށެވެ.

މީގެ އިތުރުން އައްޒަގެ ރީތިވާ މޭޒު ނުވަތަ ވެނިޓީ އާއި ފާރުގައި ހަރުކޮށްފައިވާ ބޮޑު ލޯގަނޑުން ވެސް އިތުރު ފުރިހަމަކަމެއް ކޮޓަރިއަށް ގެނެސްދިނެވެ.

އަބަދުވެސް ބޫޓު،ފައިވާނަށް ލޯބިކުރާ އައްޒަގެ ކޮޓަރީގައި ވޯކް އިން ޝޫ ކްލޯސެޓެއް ވެސް ހިމެނެއެވެ.

އެތާނގައި އައްޒަގެ އެންމެ ލޯބިވާ ބޫޓުތައް ހުންނާނެ ކަމުގައި އައްޒަ ބުނެފައިވެއެވެ. ބޫޓުގެ އިތުރުން އެތަނުގައި އަގުބޮޑެތި ދަބަސްތައް ވެސް ހުރިތަން ފެނިގެން ދިޔައެވެ.

ކޮޓަރީގައި ވާ ބޮޑު އެނދާއި ސޯފާ އަދި ކުދި ކުދި އެހެނިހެން ޖަރީތަކުން މުޅި ކޮޓަރި ފެނިގެންދަނީ ވަރަށް ލަގްޒަރީކޮށް ކަމުގައި ގިނަ ބަޔަކު ފާހަގަ ކުރިއެވެ.

ފޭނުން ބަލަން ބޭނުންވީ އައްޒަގެ ކޮޓަރި އެކަންޏެއް ވެސް ނޫނެވެ. އައްޒަގެ ފާޚާނާ ވެސް ބަލަން ބޭނުންވުމުން އައްޒަ ވަނީ ފާޚާނާގެ ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ. އައްޒަގެ ފާޚާނާ ވެސް ހުރީ ހުދާއި ކަޅުގެ މާބަލް ތީމަކަށެވެ.

ކޮންމެއަކަސް އައްޒަގެ ދިރިއުޅުމުން ހިއްސާ މިކުރި ބަޔާއެކު ގިނަ ބަޔަކު ވަނީ އެ ކޮޓަރީގެ ރީތިކަމުގެ ވާހަކަ ދައްކަން ފަށާފައެވެ. މިއީ ކޮންމެ އަންހެން ކުއްޖެއްގެ ވެސް ‘ޑްރީމް ރޫމް’ ނުވަތަ ‘ރޫމް ގޯލްސް’ ކަން ޔަގީނެވެ.

  1. ިޕަރުވީނާ

    ލަލަލާ

  2. އައްޒަ

    ތިމީހުން ދޯ ކަޑަ ވަނީ.. ލޮލް

  3. ޖާބެ

    ކޮޓަރިޔާއެހްވަރަހް އާހިރަތްވެސް ރީތިކުރާތި ސާބަސް

  4. ޙިޔާލު ފޮށި

    ޢައްޒަ އަށްވެސް ހަމަ ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ހިންހަމަ ޖެހުމެއް..
    ނުދާށޭ ހެއްލިގެން ދުނިޔޭގެ ޒީނަތްތެރި މި ކުލަތަކުގާ…….

  5. ފޭން

    ރޫމް ވަރަށް ރީތި.ވޯރކް އިން ވޯރޑްރޯބް އެއް އިންނަމަ އަދި ވަރަށް ފުރިހަމަ ވީސް.

  6. ފަގީރު ކޮއި

    މަ ވެސް ތިކަހަލަ ޑްރީމް ރޫމެއް ބޭނުން އަޅެ މަށަށް ވެސް ލިބޭނެ ނަމަ�����

  7. ޙޫރު ޕަރީ

    ތިއީ އަޅެ ބޫޓު ފިހާރައެއްތަ؟ ދުނިޔެއިން ނިމިދާއިރު ތި ރީތި ކޮޓަރިއެއް ނުގެންދެވޭނެ.. ޢާޚިރަތަށް ބިރުވެތިވެ ތައްޔާރުވޭ.. ތި ނިއުމަތަށް ޝުކުރުކުރޭ… ކޮޓަރި ވަރަށްވެސް ފުރިހަމަ.

  8. ޚަލާސް

    ޜާއްޖެތެރެ ފެނިއްޖެއްޔަަ މޮޔަވާނެތަަ ތި މަންޖެ

    • ޕަރިީ

      ދުނިޔޭގެ ރިިީތިކަމަކިީ އެއްވެސް އެއްޗެއްނޫން ތިކޮޓްރި ވަރައް ފުރިހަމަ ހަމަ ތިކޮޓްރިޔާ އެއްވަރައް ތިމާގެ އާޚިރަތްވެސް ރީތިކުރަން ވާނެމިދުނިޔެއަކީ އެއްވެސް އަގެއް ހުރިތަނެއްނޫޫން