ލައިފްސްޓައިލް

ބަރުދަން ލުއިކުރާ ވާހަކަ ދެއްކިއްޖެ، ދެން މިއޮތީ ބަރުދަން އިތުރު ކުރާނެ ގޮތް

ދެން އެމްވީ ، ދެން އޮންލައިން

އަބަދުވެސް މި ދެއްކެނީ ބަރުދަން ލުއިކުރާ ވާހަކައެވެ. ނަމަވެސް ބަރުދަން ލުއި ކުރަން ބޭނުންވާ މީހުނެކޭ އެއްފަދައިން ބަރުދަން އިތުރު ކުރަން ބޭނުންވާ މީހުންވެސް ތިބި ކަން ދަންނަން ޖެހެއެވެ. މި ހިމަނާލަނީ ބަރުދަން އިތުރުކުރުމަށް ކެވިދާނެ ބައެއް ކާނާއެވެ.

Ads by MWSC
  • ރެޑް މީޓް

ރެޑްމީޓުގައި "ހައި ޑެންސިޓީ ލިޕޯ ޕްރޮޓީންސް" ނުވަތަ "ރަނގަޅު ކޮލެސްޓްރޯލް" ގިނަ އަދަދަކަށް އެކުލެވެ އެވެ. އެއީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ކޮލެސްޓްރޯލް އެކެވެ. ހަމައެއާ އެކު، ރެޑްމީޓުގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި އަޔަން އެކުލެވެ އެވެ. އެ ދެ މާއްދާ އަކީ ވެސް ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ދެ މާއްދާއެކެވެ.

އެހެންކަމުން، ކާ އެއްޗެހި ކެއްކުމުގައި އަދި ތައްޔާރު ކުރުމުގައި ވެސް ރެޑްމީޓު ހިމަނާށެވެ. އެގޮތުން ރެޑްމީޓު އިން ކާނާ ތައްޔާރު ކުރާއިރު، ފަތުގެ ބާވްތަކާ އެކު އޮލިވް އޮއިލް ކޮޅެއްވެސް އެއްކޮށްލައިގެން ތައްޔާރު ކުރާށެވެ. އަނގަޔަށް މީރުވެފައި ބަރުދަން ވެސް އިތުރުކޮށްދޭނެ އެވެ.

ދޮންކެޔޮ

ދޮންކޭލަކީ ވަރަށް ކެލޮރީ ހައި މޭވާ އެކެވެ. ހަމައެއާއެކު އެއީ ގިނަ އަދަދަކަށް ޕޮޓޭޝިއަމް އާއި ވިޓަމިން ސީ އަދި ވިޓަމިން ބީ6 އާއި ކާބޯހައިޑުރޭޓު ވެސް އެކުލެވޭ މޭވާ އެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ދަރިފުޅަށް ދެތިން ވަށް ދޮންކެޔޮ ކާން ދެވޭތޯ ބަލާށެވެ.

ބަތް

ބަތަކީ ދިވެހިން އާދައިގެ މަތިން ކައި އުޅޭ އެއްޗެކެވެ. އެންމެ ބަތް ތައްޓަކުންވެސް (165 ގްރާމްގެ ތައްޓަކުން) 190 ކެލޮރީ ލިބެއެވެ. މިއީ ހަށިގަނޑުގެ ބަރުދަން އިތުރުކޮށްލުމަށް މުހިންމު އެއްޗެކެވެ. އެހެން ކަމުން ބަތް ކާ މިނަވަރު އިތުރުކޮށްލާށެވެ.

އަލުވި

އަލުއްވަކީ ގިނަ އަދަދެއްގެ ކާރބްސްގެ އިތުރުން ކެލޮރީ ހުންނަ އެއްޗެކެވެ. މީގެ އިތުރުން އަލުއްވަކީ ހަށިގަނޑުގެ މަސްތަކުގައި ގްލައިކޮޖެން ރައްކާ ކޮށްދޭ މިންވަރު އިތުރު ކޮށްދޭ އެއްޗެކެވެ.

ބިސް

ބިހަކީ ގިނަ އަދަދެއްގެ ޕްރޮޓީންސްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ރަނގަޅު ފެޓްސް ހިމެނޭ އެއްޗެކެވެ. ބަރުދަން އިތުރުކޮށްލަން ބޭނުންވާ ފަރާތަކުން ސިއްހީ ގޮތުން މައްސަލައެއް ނޫޅޭނަމަ ދުވާލެއްގެ މައްޗައް 3 ބިސް ކާލުމުން ބުއްދިވެރިއެވެ.

މީގެ އިތުރުން ވެސް ކެއުމުގެ ކުރިން ފެން ނުބުއިމާއި ބޮޑެތި ތަށީގައި ކެއުމަކީ ވެސް ބަރުދަން އިތުރު ކުރުމަށް އެހީތެރިވެދޭނެ ބައެއް ކަންތައްތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!