ޚަބަރު ރައްޔިތުންގެ މަޖިލިސް

ބޮޑު އަސްކަރިއްޔާއެއް ހިންގުމުގެ ބާރެއް ރާއްޖޭގައި ނެތް، މިނިވަންކަން ދެމެހެއްޓޭނީ އެހެން ޤައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބެގެން: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށާއި އެފަރާތްތަކުން ރާއްޖޭގައި ތިބެގެން ރާއްޖޭގެ ސިޔާސަތަށް އަންނާނެ އުނިކަމެއް ނޯންނާނެ ކަމަށް މަރުދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފް މިހެން ވިދާޅުވީ މަޖިލިހުގެ އަލިފުށީ ދާއިރާ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި ބިލް، އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ބޭތިއްބުމާ ގުޅޭގޮތުން ހަދާފައިވާ ލީކުވި އެއްބަސްވުމަކީ އަސްލެއް ނޫން ކަމަށް ބުނެ ފިޔަވަޅު އަޅަން ގޮވާލާ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުންނެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކުގައި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އެކުވެރި ޤައުމުތަކާމެދު އެއްބާރުލުމުގެ އެޤްރީމެންޓްތައް ހަދާ ކަމަށާއި އެއީ އާއްމު ކަމެއް ކަމަށެވެ. މިގޮތުން ވެސްޓާން ޔޫރަޕްގެ ޤައުމުތަކުން އެމެރިކާއާއެކު މިފަދަ އެއްބަސްވުމެއް ވެފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

"ދުނިޔެ މިހާރު އޮތް ގޮތުން، އެޤައުމެއްގެ މިނިވަންކަމާއި ސިޔާސަތު ދެމެހެއްޓުމަށް ޓަކައި އެކުވެރި ޤައުމުތަކުގެ މެދުގައި އެއްބާރުލުމުގެ އެޤްރީމެންޓްތަކާއި އެއްބަސްވުން ހެދުމަކީ އާއްމު ކަމެއް. އަޅުގަނޑުމެންނަށް ވުރެ މާ މުއްސަދި ބައެއް އެކުލެވޭ ތަނެއް ވެސްޓާން ޔޫރަޕަކީ، އަޅުގަނޑު މި އިޝާރާތް ކުރަނީ ނޭޓޯގެ ވާހަކަ. އެކަމަކު އެމެރިކާއާއެކު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވޭ. އެތަންތަނުގެ މިނިވަންކަމާ އިސްތިޤްލާލަށް ގެއްލުންވާ ކަމެއް މެދުވެރި ވެފައެއް ނުވޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވެސްޓާން ޔޫރަޕްގެ އެގްރީމެންޓްގެ ސަބަބުން އެފަރާތްތަކުގެ ސިޔާސަތައް ބުރޫ ނާންނަ ކަމަށާއި އެއާ ޚިލާފަށް ދިމާވާ މައްސަލަތައް ހައްލުކޮށް، އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމަށް މިފަދަ އެޤްރީމެންޓްތައް ބާރު އަޅާ ކަމަށެވެ.

މީގެ އިރުރުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އެހެން ޤައުމުތަކުން ސެކިއުރިޓީ ބެލެހެއްޓެން ޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެހެން ކަމުން އިންޑިއާ ކަނޑުގެ ސިޔާދަތާއި ރައްކާތެރި ކަމާއި އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި އެހެން ޤައުމުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. އެކަންކޮށްގެން ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދިވެހި ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށާއި ވަރުގަދަ އަސްކަރިއްޔާއެއް ހިންގުމުގެ ބާރެއް ދިވެހި ރާއްޖޭގައި ނެތް ކަމަށެވެ. އަދި މިސަބަބުތަކަށްޓަކައި އިންޑިއާއެކު އަދި އެނޫންވެސް އިތުރު ޤައުމަކާއިއެކު ސެކުރިޓީ ބަލަހައްޓަން ސޮއި ކުރުމަކީ މައްސަލައެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމަކީ ކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ޤައުމުގެ ނިސްބަތުން އަޅުގަނޑުމެން މުއްސަންޖަސް، އޯވަރޯލް އިޤްތިޞާދަކު ނެގް ވަރުގަދަ ބޮޑު އަސްކަރިއްޔާ ހިންގުމުގެ ބާރެއް." ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޑޮކްޔާޑުތަކާއި އަސްކަރީ ޤާބިލްކަން އިތުރުކޮށްދޭން، އަޅުގަނޑުމެންނަށް އެހީ ފޯރުކޮށްދޭން ތިބި ޤައުމުތަކުން"

އިއްޔެ އިންޑިއާއެކު ރާއްޖެއިން ސޮއި ކުރިކަމަށް ޑޮކިމެންޓެއް ވަނީ ލީކްކޮށްލާފައެވެ. މި ޑޮކިއުމެންޓްގައިވާ ގޮތުން އުތުރުތިލަފަޅުގައި ހަތިޔާރާއެކު އިންޑިއާގެ ސިފައިންނަށް 30 އަހަރު ދުވަހު ތިބެވޭނެއެވެ.

Ads by HDC
  1. ޙަލީމު

    އެހެން ގައުމެއްގެ ސިފައިން ތިބެގެން މިނިވަން ވަނީ ކިހިނެތް؟؟ އަޅުވެތިވާނީ !

  2. ނަން

    ސުބުހާނަﷲ މަޖިލީހުގަ ތިބި އެމްޑީޕީ މެމްބަރުންވެސް ބައިވެރިވެގެން ހަދާފަ އޮތް އެއްބަސް ވުމެއްދޯ.
    އަހަރެމެންނަށް ބޮޑު ކާފަރު ގައުމެއްގެ އަސްކަރިއްޔާއެއް ބޭނުނެއްނޫން
    އަހަރެމެންނައްﷲ ފުދޭ.އެއީ އެންމެ ބާރުގަދަ ފަރާތް

  3. ޢީސަދަރި

    ކޮންޤައުމަކުންތޯ ދިވެހިރާއްޖެ ހިފަންވެގެން އުޅެނީ؟ ކަނައްކަފޫޅުގެ ވާހަކައިން، ކަންނައްނޫރު ޢަލީ ރާޖާ، މަރައްކާރު، ހޮޅީން.އަދި މަލާބާރިންނަކީވެސް އިންޑިއާ މީހުން. ވީމާ، ރާއްޖެ ހިފުމުގެ ޝައުޤުވެރިކަން ޒަމާނުއްސުރެ ގެންގުޅެނީ އިންޑިއާއިން. ތިޔަ އުޅުއވަނީ ލާރިގަނޑެއއް ނަގައިގެން ދިވެހިރާއްޖެ އިންޑިއާ އަށް ވިއްލާކަންތޯ މަވޯޓާ ކުރެން އަހާލަން ބޭނުން.

  4. ޢީސަދަރި

    އިންޑިއާ މީހުން ރާއްޖެ ހިފާ ހިތުން ސުއްދާނު ކެނޑިގެން ކުޑަ ގިފިލި ނުހިފިގެން ތިޔަ އުޅެނީ. މަލާބާރިން، ކަނައްކަ ފޫޅު، މަރައްކާރު، ކަންނައްނޫރު ޢަލީ ރާޖާ، އަދި މިހާރުވެސް އެކަން ކުރަން ބޭނުންވަނީ އިންޑިއާ ސަރުކާރުން. އެހެން ޤައުމަކުން ތިޔަ ކަމަކާ ނޫޅޭ. މަވޯޓާ އަކީ ވަރަށް މަޢުލޫމާތު ހުރެގެން ވާހަކަ ދައްކާ ބޭފުޅެއް ނޫންތޯ؟ ވީމާ، ލާރިގަނޑެއް ނަގައިގެން ނޫނީ ތަޔަ ފަދަ ނުތާހިރު ވާހަކަ އެއް ދައްކާނެތޯ؟

  5. މަނިއްޕުޅު

    ޝަރީފް ތިއަކިޔާ މިނިވަންކަމަކީ ކޮބާ؟ މިސަރުކާރު ދެމެހެއްޓުންތަ؟