ކަނޑުވި ހަތަރު މީހަކު ސަލާމަތްކޮށްފި
ދޯންޏެއް އަޑިއަށް ގޮސް، ކަނޑުވި ހަތަރު މީހަކު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް ކ. އިތާފުށި ކައިރިޔަށް އަޑިޔަށް ދިޔަ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ.
އެ އުޅަނދަކީ 40 ފޫޓުގެ ކުޑަ ދޯންޏެއް ކަމަށާއި އެ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން އެމީހުން ނަގާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
Ads by Allied Insurance